ފޭދޫ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން ދުވަސްވީ މީހެއްގެ ހާލު ސީރިއަސްވެއްޖެ

ކިޔުމަށް ހޭދަވާނީ 51ސ
ފޭދޫ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން ދުވަސްވީ މީހެއްގެ ހާލު ސީރިއަސްވެއްޖެ
އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.

ކާރަކާއި ބައިސްކަލެއް ޖެހި ހިނގި މިއެކްސިޑެންޓުގައި ކާރު ދުއްވަން އިނީ އަންހެނެކެވެ. އަދި އަނިޔާ ލިބިފައިވަނީ އުމުރުން 72 އަހަރުގެ ފިރިހެނަކަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާގެ ބައިސްކަލު އޮތީ ކާރު ދަށުގައެވެ.

މިކަމާއި ގުޅޭ ގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާޙް ސައީދު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވީ މީހާގެ ހާލު ތަންކޮޅެއް ސީރިއަސް ކަމަށާއި އޭނާގެ މޭކަށިގަނޑުން ކަށިތަކެއް ބިނދިފައިވާ ކަމަށެވެ.

"ޑޮކްޓަރުން ބުނި ގޮތުގައި ހަތަރު ރިބްސްއެއް އިނީ ބިނދިފަ. އޭނާގެ ހާލު ތަންކޮޅެއް ސީރިއަސްކަމުން އަދި ވަކި އެއްޗެއް ބުނާކަށް އަޅުގަނޑުމެންނަކަށް ނޭނގެ އެހެން ނަމަވެސް ފަރުވާ ދެމުން މިގެންދަނީ." ޝާހް ސައީދް ވިދާޅުވިއެވެ.

މިއެކްސިޑެންޓުގައި ކާރު ދުއްވަން އިން އަންހެން މީހާއަށްވީ ގޮތެއް އަދި އެނގިފައެއް ނުވެއެވެ.

މިއަދު އޮންލައިން