އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 43ސ
އައްޑޫ ސިޓީ ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އައްޑޫ ސިޓީ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހެނދުނު ހިނގާ، ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ އައްޑޫ ސިޓީ ލިންކު ރޯޑްގައި ހުންނަ ނޭޝަނަލް ޔުނިވާސިޓީގެ ކެމްޕަސްގައި ކިޔަވަމުންދާ ދަރިވަރުން ތިބޭ ދަނާލު ހުންނަ ސަރަހައްދުގައެވެ.
މިއެކްސިޑެންޓު ހިނގީ މަގުގައި ދެކޮޅުން ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެނެވެ.

އައްޑޫ ލިންކު ރޯޑުގައި ހިނގި މިއެކްސިޑެންޓުގެ ސަބަބުން އަނިޔާވީ ދެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް، އެމީހުންނަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.


މިއަދު އޮންލައިން