އައްޑޫސިޓީ ހިތަދޫ އިން މިއަދު ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ފަށައިފިއެވެ.
މިދެކުދިން ގެއްލިފައިވަނީ ހިތަދޫ ހޮސްޕިޓަލާއި ދިމާލުން ފުއްޓަރު ފަރާތަށް މޫދަށް ގޮސް އުޅެނިކޮށެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުން އެކުދިން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ 12:25 ގައެވެ. އޭގެއިތުރުން އެކުދިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުން ވެސް އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، މިހާދިސާގައި އޮޔާ ގޮސްފައިވަނީ ތިން ކުއްޖެކެވެ. އޭގެ ތެރެއިން އެއް ކުއްޖެއް ފެނިފައިވާއިރު އެކުއްޖާއަށް އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.