ޗައިނާގެ ރަހަތައް ދިވެހިންނަށް ދައްކާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޗައިނާގެ ރަހަތައް ދިވެހިންނަށް ދައްކާލައިފި
ތަފާތު ކެއުމާއި ބުއިންތައް ހިމެނޭ ގޮތަށް ޗައިނާގެ ރަހަތައް ދިވެހިންނަށް ދައްކައިލުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު ހެންވޭރުގައި އޮންނަ ހެލިޕޭޑް ސަރަހައްދުގައެވެ. މިހަރަކާތުގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހިން ވަނީ ޗައިނާގެ ރަހަތައް ތަޖުރިބާކޮށްފައެވެ.



ޗައިނާ ކެއުމަކީ ދިވެހިންނަށް އެންމެ މަޤްބޫލް އެއް ކެއުމެވެ. ރާއްޖެއިން ބޭރުގައި އުޅޭއިރުވެސް ދިވެހިންގެ ގިނަ ބައަކު ޗައިނާގެ ކެއުންތަކަށް އިސްކަންދޭކަން ފާހަގަކުރެވެއެވެ.

މިއީ ޗައިނާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރަން ކުރިއަށް ގެންދިއަ ހަރަކާތެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.



މީގެ އިތުރުން މިއަދު ވަނީ ބްރިޖަށް އަރައިލުމުގެ ފުރުޞަތުވެސް ދީ ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ދައްކާލައިފައެވެ.
މިއަދު އޮންލައިން