ރާއްޖެއިން ބަކަރި ފަދަ ތަކެތި ލިބުން ދަތިކަމާއި އަދި އަގު ބޮޑުކަމުން ގިނަ ބައަކު މިހާރު ޢަޤީޤާ ކަތިލަނީ ބޭރު ޤައުމުތަކުގައެވެ. އެގޮތުން އެންމެ ގިނަ ބައަކު މިހާރު ކަތިލަނީ މިޞުރުންނެވެ. މިޞުރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން މެދުވެރިވެގެން 800 ވަރަކަށް ރުފިޔާއަށް ބަކައްޓެއް ކަތިލެވެއެވެ.
ޢަޤީޤާ ކަތިލުމަށްފަހު ފޮޓޯ އާއި ކަތިލިއިރުގެ ވީޑިއޯ ވެސް ފޮނުވައިދެއެވެ.