ކުރިން ބޭނުންކުރި ނަމަވެސް އެމީހަކަށް މިހާރު ބޭނުން ނުރެވޭ ތަކެތި ދިން ނަމަވެސް ޞަދަޤާތަކަށް ވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކުރިން ބޭނުންކުރި ނަމަވެސް އެމީހަކަށް މިހާރު ބޭނުން ނުރެވޭ ތަކެތި ދިން ނަމަވެސް ޞަދަޤާތަކަށް ވާނެ: ޑރ. އިޔާޟް
ކުރިން ބޭނުންކުރި ނަމަވެސް އެމީހަކަށް މިހާރު ބޭނުން ނުރެވޭ ތަކެތި ޞަދަޤާތް ކުރުމުގެ ނިޔަތުގައި އެއިގެ ބޭނުން ހިފޭނެ މީހަކަށް ދިން ނަމަވެސް ޞަދަޤާތަކަށް ވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ކުޑަވެފަ ހުންނަ ހެދުން ނުވަތަ އެނޫން ގޮތަކުން ނަމަވެސް އެއިގެ ބޭނުން އެމީހަކަށް ނުހިފޭ އެއްޗެއް، އެއިގެ ބޭނުން ހިފޭނެ މީހަކަށް ދިނުމުން އެކަން ޞަދަޤާތަކަށްވާނެތޯ" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ޑރ. އިޔާޟް ވިދާޅުވީ "ޞަދަޤާތުގެ ނިޔަތުގަ ދީފިނަމަ ވާނީ ޞަދަޤާތަކަށް" ކަމަށެވެ.

ރާއްޖެއަކީ އާބާދީ މަދު ޤައުމެއް ނަމަވެސް ޚާއްޞަކޮށް މާލެ ސިޓީގައި ދިރިއުޅޭ ގިނަ މީހުންނަކީ ވަރަށް އަވަސް އަވަހަށް ހެދުން ބާކީ ކުރާ ބައަކަށްވާއިރު ޞަދަޤާތަކަށްވާނެ ގޮތަށް އެކަން ކޮށްފިނަމަ އިސްރާފުކުރުން ކުޑަވެގެންދާނެއެވެ.


މިއަދު އޮންލައިން