މާލޭގައި ރޭ ބިދޭސީ ދެމީހެއްގެ ދެމެދު ހަމަނުޖެހުމެއް ހިނގާ، އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ އަނެކަކު ފިލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަނުޖެހުން ހިނގާފައިވަނީ އިންޑިއާ ދެ މީހެއްގެ ދެމެދުގައެވެ. އަދި އެދެމީހުން ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އޯކިޑްމަގުގައި ހުންނަ އާރް4އާރް ރެސްޓޯރަންޓު ކައިރީގައި ހިނގި އެހަމަނުޖެހުމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 23:26 ހާއިރު އެވެ.
މިހަމަނުޖެހުމުގައި ފިލި ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ގެންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ހަމަލާދިން ބިދޭސީ މީހާގެ އަތަށާއި ބުރަކައްޓަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށާއި އެމީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، އެމީހާގެ ހާލު މިހާރު ރަނގަޅުކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދީފައިވެއެވެ.