މަޝްހޫރުވެގެން އުޅޭ ބައެއް ނަފްސާނީ ޢިލްމުވެރިންވެސް ބުނަނީ ގޭތެރޭގައި ހުރުމުން ނަފްސާނީ ގޮތުން ބަލިވާނެ ކަމަށާއި ގެއިން ބޭރަށް ނުކުމެ އުފާކުރުމުން ހިތާމަތައް ފިލާނެ ކަމަށެވެ. ނަމަވެސް އެއީ ޝައިޠާނީ ވަސްވާހެކެވެ. ކޮންމެ ކަމަކާއި ގުޅިގެންވެސް އަމަލުކުރަން އެންމެ ރަނގަޅު ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާއެވެ.
އެކަމުގެ ދީނީ ޙުކުމް ބަޔާން ކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "އިސްލާމް ދީނުގައި އޮންނަނީ ފިރިމީހާ މަރުވެފައިވާ ހުވަފަތް އަންހެނުން އިއްދައިގެ މުއްދަތުގެތެރޭގައި (4 މަހާއި 10 ދުވަސް) ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުނުކުމެ ހުރުން" ކަމަށެވެ.
މިފަތުވާއަށް ބަލާއިރު އެކަން ކޮށްދޭނެ އެހެން މީހަކު ނެތްނަމަ ދަރިން ގޮވައިގެން ސްކޫލްދޮށަށް ދިއުމާއި ކޮންމެހެން ކުރަންޖެހޭ ބާޒާރުކުރުން ފަދަ ކަންކަމަށް ގެއިން ބޭރަށް ނުކުމެ އުޅުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ފުށްޖަހައިގެން ރެސްޓޯރަންޓްތަކަށް ދިއުމާއި ރައްޓެހިންނާއިއެކު މަޖާކުރަން ބޭރުގައި އުޅުން ހުއްދައެއް ނޫނެވެ.
— Islamic Knowledge (@IKviber) July 13, 2018