"ކިޔަވަން އިނީ މިސްކިތުގައި ކަމަށްވެފައި ޖަމާއަތް ފަށައިފިނަމަ ޖަމާއަތުގައި ބައިވެރިވާން ވާނެއެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ސޫރަތެއް ކިޔަވަން އިނދެފަ ނިމެން ވަރަށް ކައިރިވެފައި ހުއްޓާ ބަންގި ގޮވައިފިނަމަ އެ ސޫރަތް ނިންމުމަށްފަހު ނަމާދަށް އެރުމަކީ ކޮން ކަހަލަ ކަމެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިކަމުގައި ބައެއް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ގޭގައި ނަަމަވެސް، ކޮންމެ ތަނެއްގައި ނަމަވެސް ކީރިތި ޤްރްއާން ކިޔަވަން އިންދާ ބަންގި ގޮވައިފިނަމަ އަވަސްވެގަންނަން ޖެހޭނީ ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރުމަށް ކަމަށެވެ. ޖަމާއަތުގައި ނަމާދުކުރުމުން ލިބޭ ސަވާބު އެކަނި ކުރާ ނަމާދުން ނުލިބޭނެތީއެވެ. ޖަމާއަތުގައި ކުރާ ނަމާދުގެ ސަވާބު 27 ގުނައަށް އިތުރުވުމުންނެވެ. ސޫރަތުން ނުކިޔެވި އޮތްބައި ނަމާދަށްފަހު ކިޔެވިނަމަވެސް ފުރިހަމަ ސަވާބު ލިބޭނެތީއެވެ.
ނަމަވެސް އެއްވެސް ސަބަބަކާއިހުރެ ގޭގައި ނަމާދުކުރާ މީހާ، ކިޔަވަން ބޭނުންވާ މިންވަރު ކިޔަވައި ނިންމުމަށްފަހު ނަމާދުކުރުމަކުން މައްސަލައެއް ނެތް ކަމަށެވެ.