ކެންޕޭނުކުރާ ސަރުކާރު މުވައްޒިފުން އަނބިދަރިންނަށް ކާންދޭ ފައިސާކޮޅު ހަލާލުކުރެވޭތޯ ބަލަން ޑރ. އިޔާޟް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކެންޕޭނުކުރާ ސަރުކާރު މުވައްޒިފުން އަނބިދަރިންނަށް ކާންދޭ ފައިސާކޮޅު ހަލާލުކުރެވޭތޯ ބަލަން ޑރ. އިޔާޟް ގޮވާލައްވައިފި
ސަރުކާރު މުވައްޒިފުންގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ކެންޕޭނުކުރާ މުވައްޒިފުން އެމީހުންގެ އަނބިދަރިންނަށް ކާންދޭ ފައިސާކޮޅު ހަލާލުކުރެވޭތޯ ބެލުމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގޮވާލައްވައިފިއެވެ. "ނޫންނަމަ ބޮޑު ހިތާމައަކާ ކުރިމަތިވެދާނެ."

ޑރ. އިޔާޟް ވިދާޅުވީ ސަރުކާރުގެ މުވައްޒިފުން ކެންޕޭނު ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ގޮތުން އެބޭފުޅުންގެ ވަޒިފާ ބަޔާނުގައި އޮންނަނީ ކެންޕޭނުކޮށްދިނުން ކަމަށް ހީވާ ކަހަލަ ކަމަށެވެ.

ސިވިލް ސަރވިސްގެ މުވައްޒިފުންނަށް މުސާރަދެނީ ރައްޔިތުންގެ ފައިސާއިންނެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ ފައިސާއަކުންނޫނެވެ.

"ސަރުކާރުގެ މުވައްޒިފުން ކެންޕޭނު ދަތުރުތަކުގައި ބައިވެރިވެވަޑައިގަންނަވާ ގޮތުން ހީވާ ކަހަލަ އެބޭފުޅުންގެ ވަޒިފާ ބަޔާނުގައި އޮންނަނީ ކެންޕޭނުކޮށްދިނުމޭ. އަނބިދަރިންނަށް ކާންދޭ ފައިސާކޮޅު ހަލާލުކުރެވޭތޯ ބައްލަވާ. ނޫންނަމަ ބޮޑު ހިތާމައަކާ ކުރިމަތިވެދާނެ."

މިއަދު އޮންލައިން