އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް 18 މީހަކު ހައްޔަރު ކޮށްފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމާރާމާރީއާއި ގުޅިގެން 18 މީހަކު ހައްޔަރު ކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. އެމީހުން މިހާރު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރާމާރީ ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައެވެ. އެމާރާމާރީގައި ދެމީހަކު ޒަޚަމް ކޮށްލާފައިވާއިރު ސައިކަލެއްގައި ވެސް ރޯކޮށްލާފައިވެއެވެ.