ހޯމް މިނިސްޓަރުގެ ދީނީ ޙުކުމަށްފަހު ޑރ. އިޔާޟްގެ ސުވާލު: ދީނީ ޢިލްމް ނެތް ވަޒީރުން ދީނީ ފަތުވާތައް ނެރޭއިރު އިސްލާމީ ވަޒީރު ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހޯމް މިނިސްޓަރުގެ ދީނީ ޙުކުމަށްފަހު ޑރ. އިޔާޟްގެ ސުވާލު: ދީނީ ޢިލްމް ނެތް ވަޒީރުން ދީނީ ފަތުވާތައް ނެރޭއިރު އިސްލާމީ ވަޒީރު ކޮބައިތޯ؟
ދީނުގެ އިލްމެއް ނެތް ބައެއް ވަޒީރުން ދީނީ ފަތުވާތައް ނެރުއްވާއިރު އިސްލާމިކް މިނިސްޓަރު ކޮބައިތޯ ޑރ. އިޔާޟް ސުވާލުކުރައްވައިފި އެވެ.


ޑރ. އިޔާޟް މިކަމުގައި އިތުރު ތަފްޞީލެއް ދެއްވަވާފައެއް ނުވެއެވެ. ނަމަވެސް މީގެ ދެ ރޭ ކުރިން ޕީޕީއެމް އިން ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީން ނޫން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ކަނޑައަޅުއްވައި އެކަން އިއުލާނުކުރައްވަވާފައިވުމުން ގިނަ ބައަކު ދަނީ ޑރ. އިޔާޟްގެ މި ބަޔާންކުރެއްވުމާއި ހޯމް މިނިސްޓަރުގެ ނިންމެވުމާއި ގުޅުވަމުންނެވެ.

ހޯމް މިނިސްޓަރު މިފަދަ ނިންމެވުމެއް ނިންމަވައި ޤައުމަށް އިއުލާނުކުރައްވަވާފައިވާއިރު ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިން ގެންދަވަނީ އެފަދަ ޙުކުމެއް އިސްލާމީ އެއްވެސް ހަމައަކުން ނުނެރެވޭނެ ކަމަށް ބަޔާން ކުރައްވަމުންނެވެ.

ހޯމް މިނިސްޓަރު ހަވާލާ ދެއްވި ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އަކީ އިސްލާމީ ދާއިރާއިންވެސް އަދި އެހެން ދާއިރާއަކުންވެސް އެންމެ ކުޑަމިނުން ފައުންޑޭޝަން ފެންވަރުގައިވެސް ތައުލީމް ޙާޞިލުކުރައްވައިގެން ހުންނެވި ބޭފުޅެއް ނޫންކަން ވެސް ފާހަގަކުރެވެއެވެ.

ހޯމް މިނިސްޓަރުގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން