"ރައްޓެހިވެގެން އުޅުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އިސްލާމް ދީން ގޮވާލަނީ އަވަހަށް ކައިވެނިކުރުމަށެވެ."
މިއީ "ފިރިހެނަކާ ރައްޓެހިވެގެން ގޯސްކަމެއް ކުރެވިފަ އޮއްވާ ދެން އެއަށް ތައުބާވެ ގޯސް ކަންތައް ނުކޮށް އެކަންކަމާ ދުރުހެލިވެ އުޅެންޏާ ރައްޓެހިވެގެން އުޅުން ހުއްދަވާނެތޯ؟" އަންހެނަކު ކޮށްފައިވާ ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެކެވެ.
މިސުވާލަށް ބެލުމުން އެކަނިވެސް ޑރ. އިޔާޟް ދެއްވާފައިވާ ޖަވާބުގެ ޞައްޙަކަން ހާމަވެގެންދާކަން ފާހަގަކުރެވެއެވެ.
"މީހާ އިނދެ ވަރިވެފަ އިން އަންހެނަކު ބޭނުމެއް ނުވޭ ދެން އިތުރު ކައިވެންޏެއް ކުރާކަށް. ފިރިހެނުންނަށް އިތުބާރު ނުކުރެވެނީޔޯ! މީގެ (މިހާލަތުގަ) އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ މީހަކާ ނީނދެ ހުރުންތޯ ނުވަތަ ކައިވެނިކުރުންތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ (ރަނގަޅުގޮތަކީ) ދީންވެރި، ޞާލިޙް ފިރިހެނަކާއި ކައިވެނި ކުރުން ކަމަށެވެ.
ދެމަފިރިން އެއްދާން ކުރަނިކޮށް ދަރިފުޅު ހޭލައިގެން ގާތުން ދޭން ޖެހިއްޖެނަމަ (ޖުނުބުވެރި ޙާލަތުގައި އޮތުމުން) ޙުކުމަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ޖުބުނުވެރި ހާލަތުގައިވެސް ދަރިފުޅަށް ގާތުން ދިނުމަކީ މަނާކަމެއް ނޫން ކަމަށެވެ.