ފިރިމީހާ އަމުރުކުރި ނަމަވެސް ބަރަހަނާ ފޮޓޯ ފޮނުވައިގެން ނުވާނެކަމަށާއި އެއީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"ފިރިމީހާ ހުންނަނީ ދުރުގާ ވަޒީފާ އަދަކުރަން. ދެން އަނބިމީހާއަށް މި އަމުރުކުރަނީ އަނބިމީހާގެ ބަރަހަނާ ފޮޓޯ ފޮނުވަން. ދެން އަނބިމީހާ ނުފޮނުވައިފި ކަމުގަވާނަމަ އެކަން ވާނެތޯ ފިރިމީހާއަށް ނުކިޔަމަންތެރިވިކަމަށް؟"
މި ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ "އަނބިމީހާ ފިރިމީހާއަށް ކިޔަމަންވާންޖެހޭނީ ﷲ އަށް އުރެދުމެއް ނުވާ ކަންތައްތަކުގައެވެ.
އަނބިމީހާގެ އައުރަ ހިލޭ ފިރިހެނުންނަށް ފެނިދާނެ ފަދަ އެއްވެސް ކަމެއް، ފިރިމީހާ ބުނެގެން ނަމަވެސް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
ފޯނުން ނުވަތަ އިންޓަރނެޓް މެދުވެރިކޮށް އަނބިމީހާގެ އޮރިޔާން ފޮޓޯ ފޮނުވުމަކީ ހިލޭ ފިރިހެނުންނަށް އޭނާގެ އައުރަ ފެނުން އެކަށީގެންވާ ކަމެކެވެ. ވީމާ ފިރިމީހާ އަމުރުކުރި ނަމަވެސް އެފަދަ ކަމެއް ކޮށްގެން ނުވާނެ. ކަމަށެވެ.