ރުޤްޔާ ކުރުން ފިޔަވާ ސިހުރު ޖެހިފައިވާ މީހާ އެންމެ އަވަހަށް ރަނގަޅުވާނީ ކީއްކޮށްގެން؟ ކަމާއިމެދު މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ނަމާދުކޮށް ޤްރްއާން ކިޔަވާ ﷲ އަށް ދުޢާކޮށް ހަދައިގެން." ކަމަށެވެ.
ސިހުރު ޖެހުމުން ރުޤްޔާ ކުރުމަކީ މުސްލިމުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ބައެއް މީހުން އެހެން ގޮތްގޮތް ހޯދަން މަސައްކަތްކުރެއެވެ. ތަފާތު ސަބަބުތަކާއި ހުރެއެވެ.
ބައެއް މީހުން އެހީތެރިކަން ހޯދަނީ ފަންޑިތަހަދާ މީހުންގެ ކިބައިންނެވެ. ސިހުރުހާހޫރަ ހަދާ މީހުންގެ ކިބައިންނެވެ. ސިހުރުވެރިންގެ އެހީތެރިކަން ހޯދުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަން އެނގޭއިރުވެސްމެއެވެ.
އެފަދަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުންނަށް އަމިއްލައަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ. ޑރ. އިޔާޟްގެ ޖަވާބަކީ އެފަދަ މީހުންނަށް ވަރަށް މުހިންމު ޖަވާބެކެވެ.
ޑރ. އިޔާޟް ވިދާޅުވެފައިވަނީ އެއްވެސް ބާވަތެއްގެ އެފަދަ ގިލަންވެރިކަމެއް ކުރިމަތިވެއްޖެނަމަ އެމީހަކު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމާދުކޮށް ޤްރްއާން ކިޔަވައި ﷲ ތަޢާލާއަށް ދުޢާކުރުމަކީ އެމީހަކަށް ވެސް ކުރެވޭނެ ކަންކަމެވެ. އަދި ކުރަންޖެހޭނެ ވެސް ކަންކަމެވެ.
ރުޤްޔާ ކުރިނަމަވެސް ނަމާދުކޮށް ޤްރްއާން ކިޔަވައި ﷲ ތާޢާލާއަށް ދުޢާކުރަންޖެހޭނެއެވެ. އަމަލުތައް ސީދާކުރަންޖެހޭނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ.