އުމުރުން 7 އަހަރުވުމުން ނަމާދުކުރުވަން ފާށާ ފަދައިން ބުރުގާއަށް އާދަ ކުރުވަން މަސައްކަތްކުރުން ރަނގަޅު: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އުމުރުން 7 އަހަރުވުމުން ނަމާދުކުރުވަން ފާށާ ފަދައިން ބުރުގާއަށް އާދަ ކުރުވަން މަސައްކަތްކުރުން ރަނގަޅު: ޑރ. އިޔާޟް
"އުމުރުން 7 އަހަރުވުމުން ނަމާދުކުރުވަން ފާށާ ފަދައިން އެހިސާބުން ފެށިގެން ބުރުގާއަށް އާދަ ކުރުވަން މަސައްކަތްކުރުން ރަނގަޅު." ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ކުޑަ އަންހެން ކުއްޖެއްގެ ބުރުގާ އަޅުވަންޖެހޭ އުމުރަކީ ކޮބައިތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ޢިލްމްވެރިން ވިދާޅުވަނީ ދަރިން ތަރުބިއްޔަތުކުރުމުގެ ހުރިހާ ޒިންމާތަކެއް މައިންބަފައިންގެ ކިބައިގައި އެޅިފައިވާއިރު އެންމެ ޅަފަތުން ފެށިގެން އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގުން ދަރިން ތަރުބިއްޔަތުކުރުމަކީ މައިން ބަފައިންގެ ޒިންމާއެއް ކަމަށެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ހަމައެކަނި މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެއީ މަތިވެރި އަޅުކަމެއް ވެސް ކަމަށެވެ.

"ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެ ކުއްޖާ ޔަހޫދީ ކުރަނީވެސް ނަސްރާނީ ކުރަނީވެސް އަދި މަޖޫސީ ކުރަނީވެސް ކުއްޖާގެ މައިންބަފައިންނެވެ." މިއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. މިމޭރުމުން ބަލާއިރު ދަރިންނަށް ފުރިހަމަ އިސްލާމީ ތަރުބިއްޔަތު ނުދެވުމާއި ދީނީ ގޮތުން "ބަލިކަށި" ބައެއްގެ ގޮތުގުގައި ބޮޑެތި ކުރެވިއްޖެ ނަމަ އެކަމުގެ ޒިންމާ ވެސް އުފުލަންޖެހޭނެ ބައަކީ ހަމަ މައިންބަފައިންނެވެ.
މިއަދު އޮންލައިން