"ވަކި ދުވަހެއްގައި ކައިވެނިކުރުމުން ބަރަކާތް ލެއްވެވުމާއި ނުލެއްވެވުމެއް ނެތް" ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ހަފްތާގެ ވަކި ދުވަހެއްގައި ކައިވެނިކުރުމުން ބަރަކާތް ލެއްވެވުމުގައި ތަފާތުވޭތޯ؟ މިހެން މިބުނީ މިސާލަކަށް އަންގާރަ ދުވަހު ކައިވެނިކުރީމަ މީހުން ބުނަނީ އެދުވަހުގައި އެއްވެސް ހެޔޮކަމެއް ނުވެޔޯ." މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މީގެ ކުރިން މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ރައްޓެހިވެގެން އުޅުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އޮތީ އަވަހަށް ކައިވެނިކޮށް ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރުން ކަމަށެވެ.
މިޖަވާބަށް ބަލާއިރު ކައިވެނި ކުރަން ބޭނުންވުމުން ވަކި ދުވަހަކު ކައިވެނިކުރަން މަޑުކުރުމެއް ނެތެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ޝަރުތުތައް ހަމަވާނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ.