އުޟްޙިޔާ ކަތިލަން ޚަރަދުކުރާމީހާ ހައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްތަށި ކެނޑުމާ ނިޔަފަތި ކެނޑުމެއް ނެތް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އުޟްޙިޔާ ކަތިލަން ޚަރަދުކުރާމީހާ ހައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްތަށި ކެނޑުމާ ނިޔަފަތި ކެނޑުމެއް ނެތް: ޑރ. އިޔާޟް
"އުޟްޙިޔާ ކަތިލާ މީހާ (އެކަމަށް ޚަރަދުކުރާ މީހާ) ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަތިލައި ނިމެންދެން ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތަށްޓެއް ކެނޑުމެއް ނެތެވެ. އަދި ނިޔަފަތި ކެނޑުމެއް ވެސް ނެތެވެ. ނަމަވެސް ޢާއިލާގެ މީހުން މީގެ ތެރެއަކަށް ނުވަދެއެވެ. މިކަމުގެ ތެރެއަށް ވަންނަނީ ހަމައެކަނި ޚަރަދުކުރާ މީހާއެވެ." -- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއީ އުޟްޙިޔާ ކަތިލާ މީހުން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ހައްޖު މަސް ފެށުމުގެ ކުރިން އިސްތަށިކޮށައި ނިޔަފަތި ކަނޑައިގެން ހުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

ކުރާ އަޅުކަމުގެ ސަވާބު ފުރިހަމަ ގޮތުގައި ލިބުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއިރު ދީނުގައި މިބާވަތުގެ ކަންކަމަށް އަމަލުކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. އުޟްހިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެވެ. ކަތިލެވޭ ޖަނަވާރުގެ ލޭތިކި ބިންމަތީގައި ޖެހުމުގެކުރިން އެމީހެއްގެ ފާފަތައް ފޮހެވިގެންދާނެ ކަމަށް ބަޔާންވެގެންވެއެވެ.

މިކަން މިހެން އޮތް ނަމަވެސް އެފަދަ ނިޢްމަތްތައް ލިބިގެންދާނީ ޝަރުޠުތައް ފުރިހަމަވެގެން ކަމަށްވާއިރު އެމީހަކީ ތައުބާވެ ހެޔޮ އަަމަލުތައް ކުރުންމަތީގައި ސާބިތުވެ ހުރި މީހަކަށް ވާންޖެހޭނެއެވެ.


މިއަދު އޮންލައިން