ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު އުޒުރެއް މެދުވެރިވެގެން ބައެއް ރޯދަ ނުހިފުނު ނަމަވެސް ރޯދަ ހިފި ފަދަ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު އުޒުރެއް މެދުވެރިވެގެން ބައެއް ރޯދަ ނުހިފުނު ނަމަވެސް ރޯދަ ހިފި ފަދަ: ޑރ. އިޔާޟް
ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު އުޒުރެއް މެދުވެރިވެގެން ބައެއް ރޯދަ ނުހިފުނު ނަމަވެސް ރޯދަ ހިފި ފަދަ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ހައްޖު މަހުގެ ފުރަތަމަ 9 ދުވަހުގެ ތެރެއިން ބައެއް ރޯދަ މުހިހިފޭ އުޒުރުވެރިންނަށް ނުވަތަ 9 ރޯދަ އެކުގައި ނުހިފޭ އުޒުރުވެރިންނަށް ނުހުރެވޭ ދުވަހުގެ ރޯދައިގެ ސަވާބު ނުލިބޭނެތޯ؟ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.

"ހައްޖުމަހުގެ ހުރިހާ ދުވަހަކު ރޯދަ ހިފަންޖެހޭތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ޢީދު ދުވަހާއި އައްޔާމުއްތަޝްރީޤް 3 ދުވަހު ރޯދަ ހިފުން ޙަރާމް ކަމަށެވެ. ޙައްޖު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހަށް ހެޔޮ އަމަލުކުރުން ގިނަކުރުމުގެ ގޮތުން ރޯދަ ހިފުން އެދެވިގެންވެއެވެ. ނަމަވެސް އެއީ ވާޖިބު ކަމެއް ނޫނެވެ.

ޙައްޖު ދުވަހު (ޢަރަފާތް ދުވަހު - ޙައްޖުވެރިން އަރަފާތުގައި ތިބޭ ދުވަހު، މިއަހަރުގެ އެދުވަހަކީ އޮގަސްޓްމަހުގެ 20 ވާ ހޯމަ ދުވަސް) ރޯދަ ހިފައިފިނަމަ ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ފާފަ ފޮހެވޭނެ ކަމަށް ވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.

(މީގެ މާނައަކީ އެދުވަހު ރޯދަ ހިފުމަށްފަހު ކުރިއަށް އޮތް އަހަރުގެ ފާފަތައް ފޮހެވުނު ކަމަށްބަލައި ޤަޞްދުގައި ފާފަތައް ކުރުމުން ފާފަތައް ފޮހެވުމެއް ނޫން ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ. އަދި ރޯދަ ހިފި ނަމަވެސް އެ ރޯދަ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވި ކަމާއި ސަވާބު ދެއްވެވި ވަރެއް މިދުނިޔޭގައި ނުއެނގޭނެ ކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.)
މިއަދު އޮންލައިން