ޓޫރިސްޓުންނަށް އިސްލާމް ދީން ތަޢާރަފްކޮށްދޭން ހިންގި އޭޓީއެމްޓީ ހުއްޓުވީ ދީނަށް ކުރާ ލޯތްބެއްގެ ބޮޑުކަމުންތޯ ޑރ. އިޔާޟް ސުވާލު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޓޫރިސްޓުންނަށް އިސްލާމް ދީން ތަޢާރަފްކޮށްދޭން ހިންގި އޭޓީއެމްޓީ ހުއްޓުވީ ދީނަށް ކުރާ ލޯތްބެއްގެ ބޮޑުކަމުންތޯ ޑރ. އިޔާޟް ސުވާލު ކުރައްވައިފި
ދިވެހި ޒުވާނުންކޮޅެއް އަމިއްލައަށް އިސްނަގައިގެން ޓޫރިސްޓުންނަށް އިސްލާމް ދީން ތަޢާރަފްކޮށްދޭން އިސްލާމީ މަރުކަޒު ތިރީގައި ހިންގި އޭޓީއެމްޓީ ހުއްޓުވީ ވެސް މިސަރުކާރުން ކަމަށް ވިދާޅުވެ އެކަން ހުއްޓުވީވެސް މިސަރުކާރުން އިސްލާމް ދީނަށްކުރާ ލޯތްބެއްގެ ބޮޑުކަމުންތޯ؟ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސުވާލުކުރައްވައިފިއެވެ.

"ތިމާގެ ކޮޅު ގަދަކުރަން "ކުލީ ސިފައިން" ހޯދި ނަމަވެސް އާޚިރުގައި ނަޞްރު ލިބޭނީ ޙައްޤަށްކަން ދަންނާށެވެ. މީސްތަކުން ބައިބައި ކުރަން އުފައްދާ ނުބައި ފިތުނަތަކުގެ ވަބާ އެކަމުގެ މުގުލުގައި ތިބި މީހުންނަށް ދާދި އަވަހަށް ފޯރާނެ ގޮތް މާތް މިންވަރު ކުރައްވަވާށި! އާމީން."

މިއީ ވެސް މިރޭ ޑރ. އިޔާޟް ކުރައްވާފައިވާ ޓްވީޓެކެވެ.





މިއަދު އޮންލައިން