ކައިވެނިމަތީގައި ހުރެ ޒިނޭކުރި ނަމަވެސް އޮޓޮމެޓިކުން ކައިވެނި ރޫޅިގެނެއް ނުދާނެ ކަމަށާއި ނަމަވެސް އޭނާ (ޒިނޭކުރި މީހާ) ތައުބާ ނުވެއްޖެނަމަ ވަރިވާންޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޒިނޭކުރުމަކީ ބޮޑުފާފައެއް ކަމަށާއި ވަކިން ޚާއްޞަކޮށް ކައިވެނިމަތީގައި ހުރެ ޒިނޭ ކުރުމުގެ ނުބައިކަން ބޮޑު ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ކައިވެނިކޮށްގެން އުޅޭ އަންހެނެއް ނޫނީ ފިރިހެނެއް މީހަކާއެކު ޒިނޭކޮށްފިނަމަ ކައިވެނި ރޫޅޭނެތޯ؟ ވަރިވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މީހުންގެ ކުރިމަތީގައި ގާތުން ކިރުދިނުމާއި ބެހޭގޮތުން ޑރ. އިޔާޟް ވިދާޅުވެފައިވަނީ "އެއްބަނޑު ފިރިހެނުން ނަމަވެސް ބޭރުން އަންނަ ބައެއްގެ ކުރިަތީގައި ނަމަވެސް ބުއްދިނުމަށް ނިވާވާންޖެހޭނެ ކަމަށެވެ.