ޑރ. އިޔާޟަށް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރެއްވުމުގެ ހުއްދަ ލިބިވަޑައެއް ނުގެންނެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޑރ. އިޔާޟަށް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރެއްވުމުގެ ހުއްދަ ލިބިވަޑައެއް ނުގެންނެވި!
ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިންގެ ތޭރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ބޮޑުޖަމާއަތުގައި އަޟްހާ ޢީދު ނަމާދު ކުރެއްވުމުގެ ހުއްދަ ލިބިވަޑައެއް ނުގެންނެވިއެވެ.

ރ. ކިނޮޅަހު ކައުންސިލުން އެރަށުގެ ބޮޑު ޖަމާއަތުގައި ޑރ. އިޔާޟް އިމާމްވެވަޑައިގެން ނަމާދުކުރެއްވުމުގެ ހުއްދައަށް އެދުމުން އިސްލާމިކް މިނިސްޓްރީން ކައުންސިލަށް އަންގާފައިވަނީ ރަށުގައި ޤާއިމުވެ ހުންނަވާ އިމާމެއްގެ މައުލުމާތު ފޮނުވުމަށެވެ. އެހެންކަމުން ހުއްދަ ނުދެއްވީ ކަމެއް ނަމަވެސް ނުދެއްވި ސަބަބެއް ވަނީ ސާފު ނުވެފައެވެ. ނަމަވެސް އެހެން އިމާމެއްގެ މައުލޫމާތު ހުށަހަޅަން އެންގުމުން ޑރ. އިޔާޟަށް ހުއްދަ ނުދެއްވިކަން ވަނީ ހާމަވެފައެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ނިންމުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. "ކިނޮޅަހަކީ ވަރަށް އެއްބައިވަންތަ ބައަކު ދިރިއުޅޭ ރަށެއް. ގިނަ މީހުންނަކީ ދީނީ ކަންކަމަށް ވަރަށް ލޯބިކުރާ ބައެއް. އިސްލާމިކް މިނިސްޓްރީގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭނީ ބައިބައިވުން. ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭނީ. އަހަރެމެން އިސްލާމިކް މިނިސްޓްރީގައި ބުނަން ބޭނުމީ ކިނޮޅަހު ރައްޔިތުންގެ ނިންމުމަމަށް އިޙްތިރާމް ކުރާށޭ. ރައްޔިތުން އެދިފައިވާ ގޮތަށް ހުއްދަ ދެއްވާށޭ." ބައެއް މީހުން ބުނެފައިވެއެވެ.

ތިރީގައި މިވަނީ މިކަމާއި ގުޅިގެން ވީނިޔުސްގައި ހާމަކޮށްފައިވާ ޚަބަރެކެވެ.
ޑރ އިޔާޒަށް ބޮޑު ޖަމާއަތުގައި އިމާމުވެ އީދު ނަމާދުކުރުމަށް ހުއްދައެއް ނުދިން!
މިއަދު އޮންލައިން