ލޯބިވާ ކުއްޖާ ނުލިބުނުނަމަ އެއީ ތިމާއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އޮތީ އެހެން މީހަކާ އަވަހަށް ކައިވެނިކުރުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ލޯބިވާ ކުއްޖާ ނުލިބުނުނަމަ އެއީ ތިމާއަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އޮތީ އެހެން މީހަކާ އަވަހަށް ކައިވެނިކުރުން: ޑރ. އިޔާޟް
ތިމާ ލޯބިވާ ކުއްޖާ ނުލިބުނުނަމަ އެއީ ތިމާއަށް ﷲ ތަޢާލާ މިންވަރުކުރެއްވެވި އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި އޮތީ އެހެން މީހަކާއި އަވަހަށް ކައިވެނިކުރުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ތިމާ މީހާ ލޯބިވާ ކުއްޖާ ނުލިބިގެން އެހެން މީހަކާ ކައިވެނި ނުކޮށް ހުރުމަކީ ކޮންކަހަލަ ކަމެއް؟" ކަމާއިމެދު މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ޑރ. އިޔާޟް ވިދާޅުވެފައިވަނީ ތިމާ ލޯބިވާ ކުއްޖާ ނުލިބިއްޖެނަމަ އެހެން ކުއްޖަކާއި ކައިވެނިނުކޮށް ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. ތިމާއަށް އެންމެ ހެޔޮ ގޮތަކީ ކޮބައިކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމަށާއި ތިމާ ލޯބިވާ ކުއްޖާ ނުލިބުނުކަން އެއީ ތިމާއަށް އޮތް ރަނގަޅު ގޮތް ކަމަށް ބަލައި، އެހެން މީހަކާ ކައިވެނިކުރުން އަވަސް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

"ރަނގަޅު ކަމެއް ނޫން. ތިމާއަށް އެންމެ ހެޔޮ ގޮތަކީ ކޮބައިކަން ދެނެވޮޑިގެންވަނީ ﷲ. އެ ކުއްޖާ ނުލިބނުކަން އެއީ ތިމާއަށް އޮތް ރަނގަޅު ގޮތް ކަމަށް ބަލައި، އެހެން މީހަކާ ކައިވެނިކުރުން އަވަސް ކުރައްވާ!"
މިއަދު އޮންލައިން