ގޯސްކަންތައް މަނާކުރާ މީހުންނަށް ބަހުގެ ހަމަލާ ދިނުމަކީ އެކަން ކުރާ މީހާއަށް ދެވޭ ހިއްވަރެއް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ގޯސްކަންތައް މަނާކުރާ މީހުންނަށް ބަހުގެ ހަމަލާ ދިނުމަކީ އެކަން ކުރާ މީހާއަށް ދެވޭ ހިއްވަރެއް: ޑރ. އިޔާޟް
ކިތަންމެ ގާތް މީހަކު ނަމަވެސް ގޯސްކަމެއް ކުރުމުން އެކަމަށް އިންކާރު ކުރެވެން ޖެހޭނެ ކަމަށާއި އެއިގެ ބަދަލުގައި ގޯސް ކަންތައް ކުރާ މީހާއަށް ހިއްވަރުދީ އިންކާރު ކުރި މީހުންނަށް ރައްދުވާ ގޮތަށް ބަސް ބުނުމަކީ ނުބައި ކަންތައްތައް ކުރުމަށް ދެވޭ ހިއްވަރެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅވެފައި މިވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖޭގެ ރިޒޯޓެއްގައި 30 އަށްވުރެ ގިނަ ބޮޑެތި ބުދުތައް ބެހެއްޓުމުން ވެސް އަދި އެކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް ބަޔާންތައް ދިނުމުންވެސް، ޤާނޫނާއި ޚިލާފަށް ހުއްދަވެސް "ނުނަގައި" އެވަރުގެ ބޮޑު މުންކަރާތެއް ހިންގުމުން ފިޔަވަޅެއް އަޅަންވެސް ނުކެރުމުން ވެސް އަނގަ ހުޅުވާލަން ވެސް ނުކެރުނު ބައެއް ޢިލްމުވެރިން ސަރުކާރަށް ތާއީދު ކުރަން ބަޔާންތައް ދީ އަދި އެކަންކަމާއި ދެކޮޅު ހެއްދެވި ޢިލްމުވެރިންނަށް ރައްދުވާ ގޮތަށް ބަސްތައް ބުނަމުން ގެންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.

ޑރ. އިޔާޟް ވަނީ މޮޅު ވާހަކައެއް ދައްކާލައިގެން އަމިއްލަ ފައިދާއެއް ލިބިގަތުމުގެ ބަދަލުގައި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް އެކަމުގެ ފައިދާ މުޅި މުޖުތަމައުއަށް ފޯރުކޮށްދިނުމަށް ވެސް ގޮވާލައްވައިފައެވެ.

ޑރ. އިޔާޟްގެ ޓްވީޓް:

"ކިތަންމެ ގާތް މީހަކު ނަމަވެސް ގޯސްކަމެއް ކުރީމަ އެކަމަށް އިންކާރު ކުރެވެން ޖެހޭނެއެވެ. އެއިގެ ބަދަލުގަ އޭނައަށް ހިއްވަރުދީ އިންކާރު ކުރި މީހުންނަށް ރައްދުވާ ގޮތަށް ބަސް ބުނުމަކީ ނުބައި ކަންތަކަށް ދެވޭ ހިއްވަރެކެވެ. ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ޖަމާއަތުގެ މަސްލަހަތު އިސްކުރާށެވެ!."




މިއަދު އޮންލައިން