ވަރިކުރުމުގެ ނިޔަތުގައި ނުކުމެގެންދާށޭ ބުނި ނަމަވެސް ވަރިވާނެ: ޑރ.އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވަރިކުރުމުގެ ނިޔަތުގައި ނުކުމެގެންދާށޭ ބުނި ނަމަވެސް ވަރިވާނެ: ޑރ.އިޔާޟް
"ރޭގަނޑު ރުޅި އައިސްގެން ފިރިމީހާ މިބުނީ ދާން ބޭނުމިއްޔާ ނުކުމެގެންދާށޭ. ފިރިމީހާގެ ނިޔަތުގައި އޮތީ އެރޭ އެވަގުތު ނުކުމެގެންދާ ވާހަކަ. އަނެއް ދުވަހު ހަމަޖެހިފަ ހުރީ. ދޭން އަނބިމީހާ ޢާންމުކޮށްވެސް ބޭރަށް ދާހެން ނުކުމެ އުޅޭ. މިހާލަތުގަ ވަރިވާނެތަ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އޭނަ (ފިރިމީހާ) ގެ ނިޔަތަކީ ވަރިކުރުން ކަމަށްވަނީނަމަ ވަރިވާނެ. ނޫން ނަމަ ނުވާނެ" ކަމަށެވެ.

މިފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. ރުޅި އަންނަ ވަގުތު ބުނެވޭ ބަހެއްގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ ކަމަށްޓަކައެވެ. މިފަދަ އާދައިގެ ކަންކަމުގައި ވަރިކުރެވޭނަމަ ތިންފަށްވުން އޮންނާނީ ދާދި ގާތުގައި ކަމަށްވާތީ ވަރިކުރުމުގެ ފުރިހަމަ ޤަޞްދުގައި ނޫނީ އެފަދަ ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭކަން ޑރ. އިޔާޟްގެ ޖަވާބުން ވަރަށް ސާފުކޮށް އެނގިގެންދެއެވެ.

ކައިވެނި އަމިއްލައަށް ވެސް ރުޖޫޢަ ކުރެވިދާނެއެވެ. ނަމަވެސް ވަރި އޮންނާނީ ވަރިއެއްގެ ގޮތުގައި ކަމަށްވާތީ ވަރި ދާނީ ގުނެމުންނެވެ.

މިއަދު އޮންލައިން