ފިރިމީހާ މަރުވުމުން ހިދާދުގައި 4 މަހާ 10 ދުވަހު އިންނަން ޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ފިރިމީހާ މަރުވުމުން ހިދާދުގައި 4 މަހާ 10 ދުވަހު އިންނަން ޖެހޭނެ: ޑރ. އިޔާޟް
ފިރިމީހާ މަރުވުމުން ހިދާދުގައި 4 މަހާ 10 ދުވަހު އިންނަން ޖެހޭނެއެވެ. ހިދާދުގައި އިނުމަކީ ޒީނަތްތެރިކަން ދޫކޮށްލައިގެން ހުރުމެވެ. އަދި ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނުކުތުމެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިކަމާއި ގުޅިގެން މީގެ ކުރިންވެސް މިއަދުނޫހުގައި ވާނީ ލިޔެފައެވެ. ތަކުރާރުކޮށްލީ މި ކަމަކީ ދިވެހި މުޖުތަމައުން ވަރަށް ގެއްލިފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭތީއެވެ. އަދި ލިބިފައިވާ ބައެއް ކޮމެންޓްތަކަށް ބަލައެވެ.

ބައެއް ބޭފުޅުން ފާހަގަކުރައްވާފައިވަނީ ޒަމާން ބަދަލުވުމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އައިސްފައިވާތީ މިފަދަ ކަންކަން ތަންފީޒުކުރަން "މިޒަމާނުގައި" ހުރަސްތަކެއް ހުންނަ ކަމަށެވެ. ކޮފީތަކަށް ދިއުމާއި ރެސްޓޯރަންޓްތަކަށް ދިއުމާއި ދަތުރު ދިއުން ފަދަ ކަންކަމަކީ މިހާރު ދިރިއުޅުމުގެ ބައެއް ކަމަށެވެ.

އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ކަމަކީ ވަކި ޒަމާނަކަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު ދަމަހައްޓަންޖެހޭނެ ކަންކަމެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ ކަންކަން، ބަޔާންވެގެންވާ ގޮތަށް ކުރުމުން ﷲ ތަޢާލާގެ ރަޙްމަތްފުޅު ލިބިގެންދެއެވެ. ސަވާބު ލިބެއެވެ. އަމަލުކުރި މީހާއަށް އެތައް ގިނަ ދަރުމަތަކެއް ލިބިގެންދެއެވެ.

އެހެންކަމަށްވާއިރު ހިދާދުގެ މުއްދަތު އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް ފުރިހަމަކޮށްފިނަމަ ދެން ކުރެވޭ ކައިވެނީގައި ބަރަކާތް އިތުރުވުމަށް އުންމީދު ނުކުރަންވީ ސަބަބެއް ނެތެވެ. ކައިވެންޏެއް ނުކުރި ނަމަވެސް ހަޔާތުގެ ބާކީ އޮތްބައި ރަޙްމަތްފުޅުން ފުރިގެންވުމަށް އުންމީދު ނުކުރުމެއްވެސް ނެތެވެ.
މިއަދު އޮންލައިން