އަނިޔާވެރި ވެފައި ނުވާނަމަ މީހަކު ކުރާ ބަދު ދުޢާއަށް ބިރުން އުޅޭކަށް ނުޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަނިޔާވެރި ވެފައި ނުވާނަމަ މީހަކު ކުރާ ބަދު ދުޢާއަށް ބިރުން އުޅޭކަށް ނުޖެހޭނެ: ޑރ. އިޔާޟް
ﷲ ތަޢާލާ އަންގަވާފައިވަނީ އަނިޔާ ލިބޭ މީހުންގެ ބަދު ދުޢާއިން ސަލާމަތްވުމަށް ކަމަށާއި އެމީހާއަށް އަނިޔާވެރި ވެފައި ނުވާނަމަ އެކަމާއި (މީހަކު ކުރާ ބަދު ދުޢާއަށް) ބިރުން އުޅެން ނުޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ބަނޑުބޮޑު އަންހެނެއް ވައްކަންކޮށްގެން ފުލުހުންނާ ހަވާލުކުރީމާ ހަވާލުކުރި މީހާއާ ދިމާއަށް ބަދު ދުޢާކުރީ. އެފަދަ ބަދު ދުޢާ ޖެހޭނެތަ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

"އަނިޔާ ލިބޭ މީހުންގެ ބަދު ދުޢާއިން ސަލާމަތްވުމަށް އަންގަވާފަ އޮތީ. އެމީހާއަށް އަނިޔާވެރި ވެފައި ނުވާނަމަ އެކަމާ ބިރުން އުޅޭކަށް ނުޖެހޭނެ."

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުން ފަދަ ވަރަށް އާދައިގެ ކަންކަމުގައިވެސް ބައެއް މީހުން ބަދު ދުއާ ކުރުން މިވަނީ ޢާންމު ކަމަކަށް ވެފައެވެ. ގޭތެރޭގައި މެދުވެރިވާ ޢާއިލީ ކަންކަމުގައިވެސް ބަދު ދުޢާ އެބަކުރެއެވެ.

ޑރ. އިޔާޟްގެ ބަސްފުޅުން އެނގިގެންދަނީ މިފަދައިން ކުރާ ބަދު ދުޢާއަށް ބިރުން އުޅެން ނުޖެހޭނެ ކަމެވެ. ބިރުގަންނަން ޖެހޭނީ މީހަކަށް އަނިޔާވެރިވެފައިވާނަމަ ކަމެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ނުޙައްޤުން ކުރާ ބަދު ދުޢާއެއް ﷲ އިޖާބަ ކުރައްވަވައިފިނަމަ އެކަމުން ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ދުޢާކުރި ފަރާތަކަށް ކަމަށެވެ. އެހެންކަމުން އެފަދަ ދުޢާއެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށެވެ.
މިއަދު އޮންލައިން