ވަރިއާ އަޅުވައި ނުކުރަން ފިރިމީހާ ބުނިކަމެއް ކޮށްފިނަމަ ވަރިވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ވަރިއާ އަޅުވައި ނުކުރަން ފިރިމީހާ ބުނިކަމެއް ކޮށްފިނަމަ ވަރިވާނެ: ޑރ. އިޔާޟް
"މީހަކު އޭނާގެ އަނބިމީހާ މުބާރާތެއްގައި ކުޅެން ދާތީ އަނބިމީހާ އާއި ދިމާއަށް ދެން ކުޅެން ހިނގައްޖެނަމަ ވަރިވާނެ ކަމަށް ބުނެފައި ވަނިކޮށް ހިނގައްޖެނަމަ ވަރިވާނެތޯ؟ ވަރި ނުވާނެ ގޮތަކީ ކޮބައިތޯ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ފިރިމީހާ އެގޮތަށް ބުނެފައިވަނިކޮށް ހިނގައްޖެނަމަ ވަރިވާނެ ކަމަށެވެ. ވަރި ނުވާނެ ގޮތަކީ އެކަމެއް ވުމުގެ ކުރިން (ކުޅެން ދިއުމުގެ ކުރިން) ފިރިމީހާ އެބަސް އަނބުރާ ގެނައުމެވެ."

މިފަދަ ބައެއް ކަންކަން ހިނގުމުންވެސް ފަހުން ދެމީހުން ޞުލްހަވެ ވަރި ނުވާ ދެމަފިރިން ފަދައިން އެކުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. ވަރިވެފައިވާނަމަ ރުޖޫޢަކުރަންޖެހޭނެއެވެ. އަދި ވަރި ވަރިއެއްގެ ގޮތުގައި ރެކޯޑްކުރެވެން ޖެހޭނެއެވެ.

ކުރިންވެސް ބުނެފައިވާނެ ފަދައިން ވަރިއާއިމެދު އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ހިތަށް އަރާއިރަށް ވަރިއާއި ކަންކަން ގުޅުވާކަށް ނުވާނެއެވެ. އެގޮތަށް ގުޅުވައި ބަސް ބުނާނަމަ 3 ފަށްވުން އޮންނާނީ ވަރަށް ގާތުގައެވެ.

މިއަދު އޮންލައިން