ވަގުތު ޖެހުމުން ނަމާދުތައް ނުކޮށް ބަރިއަކަށް ކުރަން ބެހެއްޓުމެއް ނެތް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ވަގުތު ޖެހުމުން ނަމާދުތައް ނުކޮށް ބަރިއަކަށް ކުރަން ބެހެއްޓުމެއް ނެތް: ޑރ. އިޔާޟް
ނިދުމާއި ހަނދާން ނެތުން ފިޔަވައި އިތުރު ކަމެއްގެ ސަބަބުން ނަމާދު ވަގުތުޖެހުމުން (ނަމާދަށް ބަންގި ގޮވުމުން) ނަމާދުނުކޮށް ލަސްކުރުން ހުއްދަވެގެނެއް ނުވެއެވެ.

އެހެންކަމާއިއެކުވެސް ނަމާދެއް ނުކުރެވި ވަގުތު ފާއިތުވެއްޖެނަމަ ވަކި ވަގުތަކު ކުރަން ލަސްކޮށްގެން ނުވާނެއެވެ. ވީއެންމެ އަވަހަކަށް ފާއިތުވި ނަމާދު ޤަޟާކުރަން ވާނެ އެވެ. އެހެންކަމާއިއެކުވެސް އެއްވެސް ސަބަބަކާއިހުރެ ނުކުރެވި ހުރިނަމަ ޢިޝާ ނަމާދުގެ ފަހުން ވެސް ކުރެވޭނެ އެވެ.

"ނިދުމާއި ހަނދާން ނެތުން ފިޔަވައި އިތުރު ކަމެއްގެ ސަބަބުން ނަމާދު ވަގުތުން ލަސްކުރުން ހުއްދަވެގެނެއް ނުވޭ. ނަމާދެއް ފާއިތުވެއްޖެނަމަ ވަކި ވަގުތަކު ކުރަން ލަސްކޮށްގެން ނުވާނެ. ވީއެންމެ އަވަހަކަށް ކުރަންވާނެ. ޢިޝާ ނަމާދުގެ ފަހުން ވިޔަސް ކުރެވޭނެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވީ "ފާއިތުވި 4 ނަމާދު ޢިޝާ ނަމާދުގެ ފަހުން ޤަޟާ ކުރެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިއަދު އޮންލައިން