ނުބައިކޮށް އުޅުނުއިރު ނަމާދުވެސް ނުކުރާނަމަ އަލުން ޝަހާދަތްކިޔައި އިސްލާމްވާން ވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ނުބައިކޮށް އުޅުނުއިރު ނަމާދުވެސް ނުކުރާނަމަ އަލުން ޝަހާދަތްކިޔައި އިސްލާމްވާން ވާނެ: ޑރ. އިޔާޟް
"ނަހީ ކުރެއްވެވިހައި ބޮޑެތި ފާފަތައް ކޮށްފައިވާ މީހަކު މިހާރު ނަމާދުކޮށް ރޯދަވެސް ހިފައި އުޅޭނަމަ އެމީހާއަށް އެންމެ ރަނގަޅު ގޮތަކީ އަލުން ޝަހާދަތް ކިޔައިގެން ފުރިހަމަ އިސްލާމަކަށްވުންތޯ؟"

މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ:

"އޭނައަށް ކުރެވިފައިވާ ކުށްތަކަށް ތައުބާވުމުން ފުދޭނެ. އޭނަ ނުބައިކޮށް އުޅުނުއިރު ނަމާދުވެސް ނުކުރާނަމަ އަލުން ޝަހާދަތްކިޔައި އިސްލާމްވާން ވާނެ." ކަމަށެވެ.

ޑރ. އިޔާޟްގެ ޖަވާބުން އެނގެނީ މީހަކަށް ނުބައިކޮށް އުޅެވުމާއި އެގޮތަށް އުޅޭއިރު ނަމާދު ނުކޮށް އުޅުމާއި ވަރަށް ބޮޑު ތަފާތެއް އެބަހުރިކަމެވެ. ނަމާދު ނުކޮށް އުޅުމަކީ އިސްލާމް ދީނުން ބޭރުވެވިގެން ހިނގައިދާނެ ކަމެއް ކަމެވެ.
މިއަދު އޮންލައިން