ދީނީ ގޮތުން އެކަން ކުރުން ހުއްދަ އެއްވެސް ސަބަބެއް ނެތި ތަންމަތި ވަކިކޮށް އަނބިމީހާ އެކަނިވެރިކޮށްލައި ވަކިން ކޮޓަރިއެއްގައި ފިރިމީހާ ނިދުމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ އެކަމުގެ ސަބަބުން ފިރިމީހާ ފާފަވެރިވާނެ ކަމެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ މިކަމުގައި ދީނީ ގޮތުން އޮންނަ ގޮތް އޮޅުންފިލުވުމަށް މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.
"އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ތަންމަތި ވަކިކޮށް އަނބިމީހާ އެކަނިވެރިކޮށްލާ ވަކިން ކޮޓަރިއެއްގަ ފިރިމީހާ ނިދާ ނިދުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ؟"
މިސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ "ކޮށްގެންވާނެ ކަމެއް ނޫން. އެއިގެ ސަބަބުން ފާފަވެރިވާނެ ކަމެއް." ކަމަށެވެ.