"މާބަނޑު އަންހެނުން ކޮންމެހެން ސުންނަތް ރޯދަ ހިފަންޖެހޭނެތޯ؟ އެމީހަކު މާބޮޑަށް ވަރުބަލިވެ ބޯއަނބުރާ ހާލުގައިވެސް ސުންނަތް ރޯދައަށް ހުންނަން ޖެހޭނެތޯ؟"
މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:
"އެއްވެސް މީހަކު ސުންނަތް ރޯދަ ހިފުން މަޖުބޫރެއް ނޫނެވެ. ސުންނަތް ރޯދައަކީ ހިފައިފި ނަމަ ސަވާބުލިބޭ، ނުހިފައިފި ނަމަވެސް އަޒާބު ނުލިބޭ ރޯދައެކެވެ."
ޑރ. އިޔާޟް މިމޭރުމުން ސުންނަތް ރޯދަ ހިފުމާއިމެދު ވިދާޅުވެފައިވާއިރު ޞިއްޙީ ގޮތުން ރޯދައަށް ނުހުރެވޭ ވަރުގެ މައްސަލަތަކެއް ހުރިނަމަ ފަރުޟު ރޯދައަށް ހުރުމެއްވެސް ނެތެވެ. އޮތީ ޤަޟާކުރުމެވެ.
ޕީރިއަޑްވުން ފަދަ ކަމެއް މެދުވެރިވެގެން މުޙައްރަމް މަހުގެ 9 ރޯދަ ހިފަން އުޒުރުވެރިވި އަންހެނާ އާއިމެދު ޑރ. އިޔާޟް ވިދާޅުވެފައިވަނީ އެފަދަ އަންހެނުން ސުންނަތް ރޯދަ ހިފި ފަދަ ކަމަށެވެ.