ޝައިޚް އިލްޔާސާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކީ އިސްލާމީ ދައުވަތަށް ދެވޭ ހަމަލާއެއް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޝައިޚް އިލްޔާސާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކީ އިސްލާމީ ދައުވަތަށް ދެވޭ ހަމަލާއެއް: ޑރ. އިޔާޟް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އަށް ދެވޭ ކޮންމެ އިންޒާރަކީ އަދި ޝައިޚް އިލްޔާސް އާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކީ ރާއްޖޭގެ އިސްލާމީ ދައުވަތުގެ މަސައްކަތުގައި އުޅޭ ހުރިހާ އެންމެންނަށް އަދި އިސްލާމީ ދައުވަތަށް ދެވޭ ހަމަލާއެއްކަން ޔަޤީން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

މިއީ ވަރަށް މަކަރުވެރި ގޮތެއްގައި އިސްލާމް ދީނާއި ދެކޮޅަށް ދޭ ހަމަލާއެއްކަން ހާމަކުރައްވައި ޑރ. އިޔާޟް ވަނީ މަކަރުވެރި އަނިވެރިންގެ ވަކިތަކުން ސަލާމަތްކޮށް ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވައިފައެވެ.

މީގެ އިތުރުން ޑރ އިޔާޟް ވަނީ ޝައިޚް އިލްޔާސް ހައްޔަރު ނުކުރެއްވިގެން އުޅުއްވާ ބޭފުޅުން ޠާހާ ސޫރަތުގެ 72 ވަނަ އާޔަތް ރުޤްޔާ ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އެ އާޔަތުގެ މާނައިގައި ވަނީ "އެއުރެން ބުނޫއެވެ. ޙުއްޖަތާއި ދަލީލުގެ ތެރެއިން ތިމަންމެންނާއި ހަމައަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ތިބާއަކަށް އިސްކަމެއް ނުދޭހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާ ގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެއަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މިދުނިޔޭގެ ޙަޔާތުގައެވެ."

ޑރ. އިޔާޟްގެ ޓްވީޓް:

"ޝައިޚް އިލްޔާސް ޙުސައިންއަށް ދެވޭ ކޮންމެ އިންޒާރަކީ އަދި އޭނަ އާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމަކީ ރާއްޖޭގެ އިސްލާމީ ދައުވަތުގެ މަސައްކަތުގައި އުޅޭ ހުރިހާ އެންމެންނަށް އަދި އިސްލާމީ ދައުވަތަށް ދެވޭ ހަމަލާއެއްކަން ޔަޤީން. މަކަރުވެރި އަނިވެރިންގެ ވަކިތަކުން ސަލާމަތްކޮށް ދެއްވަވާށި. އާމީން."


މިއަދު އޮންލައިން