ސަޖިދަކުރަން އުނދަގޫ މީހާވެސް ކޮޅަށްހުރެ ކުރެވޭ ކަންކަން ކުރަންވާނީ ކޮޅަށް ހުރެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
 ސަޖިދަކުރަން އުނދަގޫ މީހާވެސް ކޮޅަށްހުރެ ކުރެވޭ ކަންކަން ކުރަންވާނީ ކޮޅަށް ހުރެ: ޑރ. އިޔާޟް
"ސަޖިދައަށް ދިއުމާއި ދެފައި މަތީގައި އިށީނުމަށް އުނދަގޫވާނަމަ ހަމައެކަނި ސަޖިދައަށްދާ ވަގުތު ނުވަތަ އިށީންނަ ވަގުތު ގޮނޑީގައި އިށީންނާނީއެވެ. ކޮޅަށް ހުރެވޭ ހިސާބުގައި ކޮޅަށް ހުންނަންވާނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ:

"ސަޖިދައަށް ގޮސްފައި ތެދުވާން އުނދަގޫވާ މީހާ މުޅި ނަމާދު ކުރަންވީ ގޮނޑީގަ އިށީނދެ އިނދެގެންތޯ ނޫނީ ހަށަންބަނދެ ރުކޫޢުކޮށް ސަޖިދައަށް ދާންވީމަތޯ ގޮނޑީގަތޯ އިންނަންވީ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

މިހާރަކަށް އައިސް ތަފާތު ކަންކަމާއި ގުޅިގެން ގިނަ ބައަކު ގޮނޑީގައި ނަމާދުކުރެއެވެ. އެހެންކަމުން ގޮނޑީގައި އިނދެގެން ނަމާދުކުރި ނަމަވެސް އެކަމުގައި އަމަލުކުރަންޖެހޭ ގޮތް އެނގުން ވަރަށް މުހިންމެވެ.
މިއަދު އޮންލައިން