މީހަކަށް ކުށްކުރަން ދަސްކޮށްދީ ކުށް ކުރުމަށް މަގުފަހިކޮށްދޭ މީހާއަށް، ކުށްކުރި މީހާ ކުރި ކުށުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ "މީހަކު ކުރާ ކުށުގެ ޒިންމާ އޭނަ ނޫން ފަރާތަކުން ނަގަންޖެހޭނީ އެމީހަކަށް އެ ނުބައި ކަންތައް ކުރަން ދަސްކޮށްދީ މަގުފަހިކޮށްދީފައިވާނަމަ" ކަމަށެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ: "ދަރިން ނަގާފައިވާ ދަރަނި އަދާނުކޮށް މަރުވެއްޖެ ނަމަ މައިންބަފައިންނަށް އެކަމުގެ އަޒާބު ލިބޭނެތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.