ކުޑަ ދަރިފުޅު އުރައިގެން ނަމާދުކުރެވިދާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކުޑަ ދަރިފުޅު އުރައިގެން ނަމާދުކުރެވިދާނެ: ޑރ. އިޔާޟް
"ކުޑަ ދަރިފުޅު އުރައިގެން ނަމާދުކުރެވިދާނެވެ. ރަސޫލާ މުޙައްމަދު (ޞޢވ) އެގޮތަށް ނަމާދު ކުރައްވާފައި އެބަހުއްޓެވެ. އަދި ސަޖިދައަށް ވަޑައިގަންނަވަން ވީމާ ކުޑަ ދަރިފުޅު ބިންމަތީގައި ބަހައްޓަވައެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ: "ކުޑަ ދަރިފުޅު ރޯ ނަމަ އުރައިގެން ނަމާދުކުރެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

މިހާރަކަށް އައިސް ބައެއް މީހުން ވަރަށް ކުޑަކުދިން ގޮވައިގެންވެސް ނަމާދަށް ދެއެވެ. ބައެއް ކުދިން ރޮއި ހަދައެވެ. އެކަމުން އެހެން މީހުންނަށް އުނދަގޫވެސް ވެއެވެ. ޑރ. އިޔާޟްގެ ޖަވާބުން އެނެގެނީ އެފަދަ ހާލަތުގައި ދަރިފުޅު އުރާލައި ރުއިން ހުއްޓުވަން މަސައްކަތް ކުރެވިދާނެކަމެވެ. އުރައިގެން ހުރެ ނަމާދު ކުރެވޭނެ ކަމެވެ.
މިއަދު އޮންލައިން