އަތްދަބަސް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 52ސ
އަތްދަބަސް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފި
ސައިކަލަކުން މާލޭ މަގެއްގައި ދިޔަ އަންހެނެއްގެ އަތް ދަބަހެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ރޭ ދަންވަރު، މާލެއިން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ އިތުރު ބަޔަކު ވެސް ހޯދަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމަހުގެ އެއްވަނަ ދުވަހު ހިނގާފައި އެހާދިސާގައި، ފޭރިގެންފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސް ގެ މުވައްޒިފެއްގެ އަތްދަބަހެވެ. އެހާދިސާ ދައްކުވައިދިން ވީޑިއޯއެއް އާންމުވެފައިވާއިރު، އޭގެން ފެންނަ ގޮތުގައި އެއަންހެން މީހާގެ އަތް ދަބަސް ފޭރިގަންނަނީ، އޭނާ ދުއްވަމުން ދިޔަ ސައިކަލު ފަހަތުން އައި ސައިކަލެއްގައި ތިބޭ ދެ މީހެކެވެ.

އަތްދަބަހުގައި 19000 ވަރަކަށް ރުފިޔާ ހުންނާނެ ކަމަށާއި، އެފައިސާތައް ހިފައިގެން އަންހެން މީހާ ދިޔައީ ބޭންކަށް ޖަމާ ކުރަން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން