ހުކުރު ދުވަހު ކަހްފް ސޫރަތް ބަހާލައިގެންވެސް ކިޔެވިދާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ހުކުރު ދުވަހު ކަހްފް ސޫރަތް ބަހާލައިގެންވެސް ކިޔެވިދާނެ: ޑރ. އިޔާޟް
ހުކުރު ދުވަހަށް ޚާއްބަވެގެންވާ 5 ސުންނަތެއްވެއެވެ. އެއީ ހުކުރަށް ދިއުމަށް ހިނައިގަތުމާއި (ފެންވެރުން)، އަތަރުލައި ޒީނަތްތެރިވުމާއި، ރީތި ހެދުމެއްލުމާއި، ކަހަފް ސޫރަތް ކިޔެވުމާއި އަދި ރަސޫލާ (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމެވެ.

ހުކުރު ދުވަހު ކަހްފް ސުރަތް ކިޔަވައިފި މީހަކަށް ދެ ހުކުރު ދެމެދުގައި އަލިކަމެއްވާކަމަށް ޙަދީޘްގައި އައިސްފައިވެއެވެ. ކަހަފް ސޫރަތް ކިޔަވަން އޮންނަ ވަގުތަކީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުނީންސުރެ ފެށިގެން ގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށެވެ. އެކި ބައިބައަށް ބަހާލައިގެން ކަހަފް ސޫރަތް ކިޔެވި ނަމަވެސް މައްސަލައެއް ނެތެވެ. ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކިޔަވައި ނިންމަންވާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް



މިއަދު އޮންލައިން