ޤައުމުގެ ޚަޒާނާ ހުސްކޮށްލިއިރުވެސް ނޭގުނު ވެރިއަކަށް ޤައުމުގެ ހުންގާނު ޙަވާލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤައުމުގެ ޚަޒާނާ ހުސްކޮށްލިއިރުވެސް ނޭގުނު ވެރިއަކަށް ޤައުމުގެ ހުންގާނު ޙަވާލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ. އިޔާޟް
"ޤައުމުގެ ކަންކަން ފާލުން ނެއްޓިގެންދާއިރުވެސް ވާއެއް ނޭނގޭ ވެރިއަކަށް ހުންގާނު ޙަވާލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. ޚަޒާނާ ހުސްކޮށްލިއިރުވެސް އެނގުނު ކަމަކަށް ނުވި. ވޯޓުލުމުގެ ކުރިން މިކަމާމެދު ވިސްނަން ޖެހޭ."

މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ދައުލަތަށް ލިބޭ އާމްދަނީ ބަލަހައްޓައި ޙިމާޔަތްކުރުމަކީ ދައުލަތުގެ ވެރިކަމުގައި ހުންނަ މީހަކު އެންމެ ބޮޑު ސަމާލުކަމެއްދީގެން ކުރަން ޖެހޭނެ އެއްކަންތައް ނަމަވެސް ރާއްޖޭގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު މާލީ ޖަރީމާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ކަންކަން އެމަނިކުފާނު 500 ޕަސަންޓް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވި އަދި "ޚާލިދު ބުނު ވަލީދުގެ" ގެ ލަޤަބް ރައީސް ޔާމީނު ދެއްވާފައިވާ އަދީބު ކުރިއިރު ކަންކަން ހިނގައިދިއަ ގޮތް ކަމަށް ވިދާޅުވެ ރޭ ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންކަން ފާހަގަކުރެވެއެވެ.


މިއަދު އޮންލައިން