ރަމަޟާން މަހު ގެއްލިފައިވާ ރޯދައެއް ޤަޟާ ކުރުމުގެ ނިޔަތުގައި އާޝޫރާ ދުވަހު ހިފިދާނެއެވެ. އެއިރުން ގެއްލުނު ޤަޟާ ކުރެވިފައި އަދި އާޝޫރާ ދުވަހު ވެސް ރޯދައެއް ހިފުނީއެވެ.
މިގޮތަށް ވެސް އާޝޫރާ ދުވަހު ރޯދަ ހިފައިފިނަމަ ޖެހިގެން އަންނަ ދުވަހު ރޯދަ ހިފަންވާނެއެވެ. އެއީ ޔަހޫދީންނާއި ޚިލާފުވުމަށް އެގޮތަށް އެކަން ކުރަން ރަސޫލް (ޞޢވ) ހަދީޘް ކުރައްވަވާފައިވާތީއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މާދަމާއަކީ އާޝޫރާ ދުވަސް ކަމަށްވާއިރު މިއީ ވެސް ބޭނުން ކުރެވެން އޮތް ވަރަށް އަގުހުރި ފުރުޞަތެކެވެ. އާޝޫރާ ދުވަހު ރޯދަ ހިފުމުގެ ފައިދާ އާއި ލިބެން އޮތް މަންފާ ބަޔާންކޮށް ފާއިތުވި ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި މިއަދުނޫހުގައި ވާނީ ވަރަށް ގިނައިން ލިޔެވިފައެވެ. މިއަދުނޫހުގެ ދީނީ ބައިން ލިޔުންތައް ފެނިވަޑައިގަންނަވާނެއެވެ.