މަރުވާމީހާގެ އެންމެ ފަހު ބަސްކޮޅަކަށް ހަދަން އެންމެ ރަނގަޅީ ޝަހާދަތް!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މަރުވާމީހާގެ އެންމެ ފަހު ބަސްކޮޅަކަށް ހަދަން އެންމެ ރަނގަޅީ ޝަހާދަތް!: ޑރ. އިޔާޟް
"މަރުވާ މީހާގެ އެންމެ ފަހު ބަސްކޮޅަކަށް ޝަހާދަތް ނޫން، ޤްރްއާނުގެ ބަސްކޮޅެއް ކިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟"

މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ:

"އެންމެ ރަނގަޅު ގޮތަކީ ފަހު ބަސްކޮޅަކަށް ޝަހާދަތް ހެދުން" ކަމަށެވެ.

މީހެއްގެ އެންމެ ފަހު ބަސްކޮޅަކީ ޝަހާދަތް ކަމުގައިވެއްޖެނަމަ ﷲ ތަޢާލާ އެމީހަކު ސުވަރުގެ ވައްދަވާނެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ނަމަވެސް އެއިގެ މާނައަކީ އެމީހަކު ފާފަ ކޮށްފައިވާނަމަ އެކަމަށް ލިބެންޖެހޭ ޝަޒާ ނުލިބި ސުވަރުގެ ވެއްދެވުމެއް ނޫނެވެ. އެމީހާގެ ތިލަފަތުގައި ފާފައިގެކޮޅަށް ބުރަވެ ކުރެވިފައިވާ ފާފަތަކުން ސަލާމަތް ނުވެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ސުވަރުގެ ވައްދަވާނީ ފާފަތަކަށް ލިބެންޖެހޭ ޝަޒާ ލިބުމަށްފަހުގައެވެ.

މަރުމަތީގައި ޝަހާދަތް ކިޔުމުގެ ކުޅަދާނަކަން ނުވަތަ ޝަހާދަތް ކިޔުމުގެ ފުރުޞަތު ދެއްވެވުން އެދި ދުޢާކުރަން ޢިލްމުވެރިން ނަޞޭޙަތް ދެއްވަވައެވެ.
މިއަދު އޮންލައިން