އާޝޫރާ ދުވަހު ރޯދަ ނުހިފުނު މީހުން ވެސް މާޔޫސް ވުމެއް ނެތް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އާޝޫރާ ދުވަހު ރޯދަ ނުހިފުނު މީހުން ވެސް މާޔޫސް ވުމެއް ނެތް: ޑރ. އިޔާޟް
ކޮންމެވެސް ސަބަބެއް މެދުވެރިވެގެން މިއަހަރުގެ އާޝޫރާ ދުވަސް ކަމަށްވާ މިއަދު (ބުރާސްފަތި ދުވަހު) ރޯދަ ނުހިފުނު މީހުން ވެސް މާޔޫސް ވުމެއް ނެތެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން މިއަދު ރޯދަ ނުހިފުނު މީހުންވެސް މާޔޫސްވުމެއް ނެތް ކަމަށާއި އެފަދަ މީހުންނަށް އޮތީ ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރުން ކަމަށެވެ.

އާޝޫރާ ދުވަހު، މުޙައްރަމް މަހުގެ 10 ވަނަ ދުވަހާއި އަދި އެދުވަހާއި ގުޅުވައިގެން ކުރިއަށް ނުވަތަ ފަހަތަށް އެއް ދުވަހު ރޯދަ ހިފައިފިނަމަ އެއީ ފާއިތުވި އަހަރު ދުވަހުގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެއް ކަމަށް އުންމީދު ކުރައްވަވާކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ގިނަ ބައަކު މިއަދު ރޯދަ ހިފިކަން މަޣްރިބް ނަމާދު ވަގުތު މިސްކިތްތަކުން އެނގުނެވެ. ނަމަވެސް އެކަމުގެ މުހިންމު ކަމުގެ ނިޞްބަތަށް ބަލާއިރު އެކަށީގެންވާ އަދަދަކަށް އެކަން ފެނިފައެއް ނުވެއެވެ.

މިފަދަ ކަންކަން މިހެން ވެގެން މިދަނީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން އެކަށީގެންވާވަރަށް އަދިވެސް މަސައްކަތް ނުވެވޭތީއެވެ.

މިސާލަކަށް ހޯމަ ދުވަހުގެ ރޭގެ ޢިޝާ ނަމާދަށްފަހުގަ އާއި ބުދަ ދުވަހުގެ ރޭގެ އިޝާ ނަމާދަށްފަހު މިސްކިތްތަކުގައި ދަރުސް ދެވުނު ނަމަ ހޭލުންތެރިކަން އިތުރުވާނެއެވެ. ޓީވީތަކުން ޕްރޮގްރާމްތައް ފޮނުވި ނަމަ ހޭލުންތެރިކަން އިތުރުވާނެއެވެ. ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ކުރެވުނުކަން އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން