"ނަމާދުކުރާއިރު ޝައްކުވަނީ މިވެނި ކަމެއް ނުވެއޭ. (ނުކުރެވޭ ކަމަށް) ވަރަށް ޢާންމުކޮށް މިކަން ދިމާވޭ. މިފަދަ ހާލަތެއްގައި ކަންތައް ކުރަންޖެހޭނީ ކިހިނެއްތޯ؟ އަލުން ކުރަންތޯ ޖެހޭނީ ޔަޤީންވަންދެން؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ:
"ނަމާދުގައި ކަމެއް ޝައްކުވާނަމަ (ކުރަންޖެހޭ ކަމެއް ނުކުރެވޭ ކަމަށް) ޔަޤީންވާ ވަރަށް އެކަމެއް ކުރަންޖެހޭނެ. އެއަށްފަހު (އެކަންކަން ކުރުމަށްފަހު) ކުށު ސަޖިދަކުރަން ޖެހޭނެ." ކަމަށެވެ.
އިތުރު ތަފްޞީލު ދެއްވަމުން ޑރ. އިޔާޟް ވިދާޅުވީ ދެވަނަ ރަކްޢަތް ފުރިހަމަކުރެވި 3 ވަނަ ރަކްޢަތުގައި ހުއްޓާ ފުރަތަމަ ރަކްޢަތުގައި ކަމެއް ނުކުރެވި އޮތްކަން ހަނދާންވެއްޖެނަމަ ދެވަނަ ރަކްޢަތް ވާނީ ފުރަތަމަ ރަކްއަތަށް ކަމަށެވެ. ފުރިހަމަ ނުކުރެވި އޮތް ފުރަތަމަ ރަކްޢަތް އެހިސާބުން ވާނީ ދެވަނަ ރަކްޢަތަށް ކަމަށެވެ. އެތަރުތީބުން ނަމާދު ފުރިހަމަކޮށް ކުށު ސަޖިދަ ކުރުމަށްފަހު ސަލާންދީ ނަމާދު ނިންމާނީ ކަމަށެވެ.