"ފިރިމީހާއަށް ނަޞޭޙަތްދީ އެތައް ފަހަރެއްގެ މަތިން ކަންކަން ރަނގަޅުކުރުމަށް އެދުމުންވެސް ރަނގަޅު ނުވެއްޖެނަމަ (ރަނގަޅު ނުކުރާނަމަ) ވަރިއަށް އެދެވިދާނެތޯ؟ (މިސާލަކަށް ސިގިރެޓް ބުއިން، އައުރަ ނިވާނުވާވަރުގެ ކުރު ޝޯޓު ލައިގެން އުޅުން.)"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ވަރިއަށް އެދުމުގެ ޙައްޤު އެބައޮތް" ކަމަށެވެ.
މިސުވާލުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ބަލާއިރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ފަދަ ޢިލްމުވެރިން އިސްލާމް ދީނުން ހެކި ދައްކަވައި ވިދާޅުވެފައިވަނީ ސިގިރެޓް ބުއިމަކީ ޙަރާމް ކަމެއް ކަމަށެވެ. ޑރ. ޢަބްދުލްމަޖީދު ވަނީ 2009 ވަނަ އަހަރު އިސްލާމިކް މިނިސްޓަރަކަށް ހުންނަވައި ފޮތެއްވެސް ލިޔުއްވައި ޢާންމު ކުރައްވަވައިފައެވެ.
ދުންފަތަކީ އިންސާނާގެ ޞިއްހަތަށް ގެއްލުންދޭ އެއްޗެކެވެ. ހަމައެއާއިއެކު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހެއްގެ ކައިރިގައި ހުރެ ނުވަތަ ވަސްދުވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުމަށްވުރެ ފަސޭހައިން ފުއްޕާމޭ ހަލާކުވެ އަދި ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑު ސަބަބެއްކަން ފަހުގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.
އެހެންކަމުން ވަރިއަށް އެދުމުގެ ޙައްޤު ލިބޭ އެއް ސަބަބަކީ އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ ޙައްޤު އޭނާއަށް ލިބިގެންވުން ކަމުގައި ފާހަގަ ކުރެވެއެވެ.
ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި އަމިއްލައަށް އިސްނަގައިގެން އިންޑިއާގެ 12 ސްޓޭޓަކުން މިހާރު ގެންދަނީ އެ ސްޓޭޓްތަކުގައި ދުންފަތުގެ ވިޔަފާރިކުރުން މަނާކުރަން މަޝްވަރާކުރަމުންނެވެ.