ހުކުރު ދުވަހު އެންމެ ރަނގަޅު ގޮތަކީ ދެމަފިރިން އެކުގައި ހިނައިގަނެ އެކަކު އަނެކަކަށް ފެންވަރުވާ ޒީނަތްތެރި ކުރުވުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"ހުކުރު ދުވަހުގެ ސުންނަތްތަކުގެ ތެރޭގައި ހިނައިގަތުން އެބައޮވެއެވެ. ސުވާލަކީ ހިނައިގަންނާނީ ކޮން ނިޔަތެއްގެމަތީގައިތޯ؟ އަދި މާގަނޑުން ހިނައިގަންނާނީ ކިހނެއްތޯ؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ހުކުރު ދުވަހު އެންމެ ރަނގަޅު ގޮތަކީ ދެމަފިރިން އެއްކޮށް (އެކުގައި) ހިނައިގަތުން ކަމަށެވެ. އެކަކު އަނެކަކަށް ފެންވަރުވާ ޒީނަތްތެރި ކުރުވުން ކަމަށާއި އެހެންކަމުން ޖުނުބުގެ ހިނެއުން ހިނައިގަތް ނަމަވެސް މައްސަލައެއް ނެތް ކަމަށާއި އެފަދަ ކަމެއް ނެތްނަމަ ހަމައެކަނި ހުކުރު ނަމާދަށް ހިނައިގަތް ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.