ކަސްޓަމްސް މުވައްޒަފުންގެ ސާވިސް އެލަވަންސަށް ދުވާލަކަށް 200ރ.

ކިޔުމަށް ހޭދަވާނީ 50ސ
ކަސްޓަމްސް މުވައްޒަފުންގެ ސާވިސް އެލަވަންސަށް ދުވާލަކަށް 200ރ.
ކަސްޓަމްސްގެ މުވައްޒަފުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސެއްގެ ގޮތުގައި 200 ރުފިޔާ ދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދާދި ފަހުން ގެޒެޓު ކޮށްފައިވާ ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާއިދަށް ގެނައި ތިން ވަނަ އިސްލާހުގައިވާ ގޮތުން، ސަލާމް ނުބުނެ ބަރާބަރަށް ވަޒީފާއަށް ނިކުންނަ ކޮންމެ މުވައްޒަފަކަށް ވެސް ސާވިސް އެލަވަންސެއްގެ ގޮތުގައި މަހަކު 5200 ރުފިޔާ ލިބޭނެއެވެ.

މީގެ ކުރިން ކަސްޓަމްސް ގެ މުވައްޒަފުންނަށް ސާވިސް އެލަވަންސެއްގެ ގޮތުގައި ދެމުން އައީ މަހަކު 3500 ރުފިޔާއެވެ. ނަމަވެސް މިއައި ބަދަލަށްފަހު އެމުއައްސަސާގެ ކޮންމެ މުވައްޒަފަކަށްވެސް މަހަކު 1700 އިތުރަށް ލިބޭނެއެވެ.

މިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފެށި އެޤަވާއިދުގައިވާ ގޮތުގެ މަތިން، ކަސްޓަމްސްގެ މުވައްޒަފުންނަށް ސާވިސް އެލަވަންސް ދެނީ އަހަރީ ޗުއްޓީގައި ހުންނަ ދުވަތަކާއި ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ދުވަސްތައް ނުހިމަނައެވެ.
މިއަދު އޮންލައިން