ކައިވެނި ކުރުމުގެ ކުރިން ކައިވެނި ކުރެވޭ މީހާގެ މާޒީ ބަލަންޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ކައިވެނި ކުރުމުގެ ކުރިން ކައިވެނި ކުރެވޭ މީހާގެ މާޒީ ބަލަންޖެހޭނެ: ޑރ. އިޔާޟް
"ކައިވެނި ކުރުމަކީ މުޅި އުމުރުގައިވެސް އެކުގައި ދިރިއުޅުމަށް ކުރެވޭ ކަމެކެވެ. ވީމާ ހުރިހާ ގޮތަކުން ބެލި ނަމަވެސް މިކުރަން އުޅޭ ކައިވެންޏަކީ ރަނގަޅު ކަމެއްތޯ ބަލަން ޖެހޭނެއެވެ."

މިއީ "ކައިވެނި ކުރުމުގެ ކުރިން މީހާގެ މާޒީ ބެލުމަކީ މަޖުބޫރު ކަމެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެވެ.

ބައެއް ދިރާސާތަކުގެ ނަތީޖާއަށް ބަލާއިރު ކައިވެނިކުރަން ނިންމަނީ ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅުމަށްފަހުގައެވެ. އެހިސާބަށް ކަންކަން ގެންދެވޭއިރު އޮންނަނީ ދެމީހުންނަށް ވަކި ނުވެވޭ މިންވަރަށް ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެހެންކަމުން ލޯބީގެ ގޮތުން ދެމީހުން ގުޅުމުގެ ކުރިން ގުޅެން ބޭނުންވާ މީހާގެ މާޒީ ދެނެގަންނަން ޖެހެއެވެ.

މިމައްސަލައިގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އޮތީ އަވަހަށް ކައިވެނިކުރުން ކަމަށެވެ.
މިއަދު އޮންލައިން