ލިބޭ ބޯނަސް ފައިސާގައި ރިބާގެ ބައެއް ހިމެނޭކަމަށް ޤަބޫލުކުރެވޭ ނަމަ އެއިގެ ތެރެއިން އެއްބައި ޞަދަޤާތް ކުރާނީ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ލިބޭ ބޯނަސް ފައިސާގައި ރިބާގެ ބައެއް ހިމެނޭކަމަށް ޤަބޫލުކުރެވޭ ނަމަ އެއިގެ ތެރެއިން އެއްބައި ޞަދަޤާތް ކުރާނީ: ޑރ. އިޔާޟް
"ބޭންކް އޮފް މޯލްޑިވްސް އަކީ ރިބާ ހިމެނޭ މުޢާމަލާތުކުރާ ބޭނަކަކަށްވާއިރު ބޭންކަށް ކޮންމެ އަހަރަކުވެސް އިންޓަރެސްޓަށް އެތައް ފައިދާއެއް ލިބޭ. މިފައިދާ އިން މުވައްޒިފުންނަށް ބޯނަސް ދިނުމާ އަދި ހިއްސާދާރުންނަށް ފައިދާ ދިނުމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި ބޭންކް އޮފް މޯލްޑިވްސް ފަދަ ރިބާ ހިމެނޭ މުޢާމަލާތުކުރާ ބޭންކެއްގަ ވަޒީފާ އަދާކުރުމުގެ ޙުކުމަކީ ކޮބައިތޯ؟"

މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ޖަވާބު:

"ރިބަވީ މުޢާމަލާތެއްގައި ބައިވެރި ނުވާނަމަ މުސާރަ ހަލާލުވާނެ. އަދި އޭނައަށް ލިބޭ ބޯނަސް ފައިސާގައި ރިބާގެ ބައެއް ހިމެނޭކަމަށް ޤަބޫލުކުރެވޭ ނަމަ އެއިގެ ތެރެއިން އެއްބައި ޞަދަޤާތް ކުރާނީ. ﷲގެ ރަޙްމަތްފުޅާއިއެކު މިހާރު ބީއެމްއެލްގައި އިސްލާމިކް ބައެއް ވެސް އެބަހުރި. ވީމާ އެކައުންޓާއި ޝެއާ ބީއެމްއެލް އިސްލާމިކް އަށް ބަދަލުކޮށްލީމަ ހުރިހާ ބޮލުގަ ރިހުމެއް ފިލައި ދިއައީ. އިން ޝާ ﷲ!"

މި ސުވާލު ބީއެމްއެލްއަށް އަމާޒުކޮށަފައިވީ ނަމަވެސް ރާއްޖޭގައި ހިންގާ ކޮންމެ ކޮމަރޝަލް ބޭންކަކަށް ވެސް އޮތީ ހަމަ އެއް ޙުކުމެކެވެ. ރާއްޖޭގައި އަދި ހުރީ އިސްލާމީ އެންމެ 2 ބޭންކެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބީއެމްއެލް އިސްލާމިކް އެވެ.
މިއަދު އޮންލައިން