ސިރިސޭނާގެ ޚާއްސަ މަންދޫބެއް އިންތިހާބީ ރައީސް ސޯލިޙް އާއި ރައީސް މައުމޫނާއި ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 43ސ
ސިރިސޭނާގެ ޚާއްސަ މަންދޫބެއް އިންތިހާބީ ރައީސް ސޯލިޙް އާއި ރައީސް މައުމޫނާއި ބައްދަލު ކުރައްވައިފި
އަވައްޓެރި ޝްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ޚާއްސަ މަންދޫބެއްކަމަށްވާ މުޙައްމަދު ފައިޒަލް މުސްތަފާ، ރާއްޖެ ވަޑައިގެން އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ބައްދަލު ކުރައްވައިފިއެވެ.

ފައިޒަލް އަކީ އެޤައުމުގެ ސްޕޯޓްސް އެންޑް ޕްރޮވިންޝިއަލް ކައުންސިލްސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރުގެ އިތުރުން ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްވެސް މެއެވެ.

ވަކިވަކިން ބޭއްވުނު އެބައްދަލުވުންތަކުގައި ޝްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޭޖާ ޖެނެރަލް ރިޓަޔަޑް ތޮރަދޭނިޔާ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެބައްދަލުވުންތަކުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރައްވައެވެ.
މިއަދު އޮންލައިން