އަންހެން ކުދިންނަކީ އެންމެން ތުންފުހެން ގެންގުޅޭ ރުމާލަކަށްނުވެ މާވަހަރަކަށްވުރެ އަގުބޮޑު މީހަކަށްވުމަށް މަސައްކަތްކުރޭ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އަންހެން ކުދިންނަކީ އެންމެން ތުންފުހެން ގެންގުޅޭ ރުމާލަކަށްނުވެ މާވަހަރަކަށްވުރެ އަގުބޮޑު މީހަކަށްވުމަށް މަސައްކަތްކުރޭ: ޑރ. އިޔާޟް
"އަންހެން ކުދިން ލިޕްސްޓިކް ޖައްސައިގެން ފަރިކޮށް ހެދުން އަޅާލައިގެން މޮޑެލް ގޮތަށް ފޮޓޯނަގާފަ ވައިބަރއާ ފޭސްބުކްގަ ފޮޓޯ ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"އަންހެންކުދިންނަކީ ވަރަށް، ވަރަށް އަބުރުވެރި ޢިއްފަތްތެރި ބައަކަށް ވާން ޖެހެއެވެ. އަދި އެކުދިންގެ އަބުރާ އިއްފަތަކީ އެހައި އަގެއް ނެތަ ފަސޭހައިން ބޭނުންހައި މީހަކަށް ލިބެންހުންނަ އެއްޗަކަށްވެގެން ނުވާނެއެވެ.

ތިމާގެ ރީތިކަން ހިލޭ ފިރިހެނުންނަށް ދައްކާ، އަދި ތަބީޢީ ގޮތުން ހުރި ރީތިކަމަށްވުރެ ވެސް އިތުރަށް ފަރިވެގެން ހިލޭ ފިރިހެނުންނަށް ތުއިދައްކާ ހަދާކަމަށް ވަނީ ނަމަ ތިމާގެ އަގެއް ނެތެވެ. އަބުރެއް ނެތެވެ. އިރުކޮޅަކުން ޢިއްފަތް ވެސް ގެއްލިދާނެއެވެ. އެންމެން ތުންފުހެން ގެންގުޅޭ ރުމާލަކަށް ވެދާނެއެވެ.

ވީމާ އެފަދަ ދަށުދަރަޖައަކަށް ނުވެއްޓި މާވަހަރަކަށްވުރެވެސް އަގުބޮޑު މީހަކަށްވުމަށް މަސައްކަތް ކުރާށެވެ.
މިއަދު އޮންލައިން